ބޮންޑު ވިއްކުމަށްވުރެ ވީއައިއޭގެ ހިއްސާ ވިއްކުމުން މާ ފައިދާ ވާނެ: ނަޝީދު

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 9:59

ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހިއްސާއެއް ވިއްކުމުން މާ ފައިދާ ބޮޑުވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު 'އެކްސް'ގައި ލިޔުއްވިގޮތުގައި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާއިން ބައެއް ދިނުން ރަނގަޅެވެ.

"[ހިއްސާ ވިއްކައިގެން އެ ލިބޭ] އާމްދަނީ ސުކޫކު ދައްކާ ޚަލާސްކުރަން ބޭނުންކުރެވޭނެ، އޭރުން [ރާއްޖޭން] ދައްކަން ޖެހޭ ދަރަނިވެސް ކުޑަވެގެންދާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް