ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހު ބާއްވާ އެމްޑީޕީގެ އެއްވުން ފަސްކޮށްފި، ހުރަސް އެޅިކަމުގެ ތުހުމަތު އިހުސާނަށް

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 11:04

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ މި ހިނގާ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު މައި އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބާއްވަން ނިންމި އެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ އެއްވުން ފަސްކުރަން އެ ޕާޓީން ނިންމީ މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ނޮވެމްބަރު 17ގެ އެއްވުމުގެ ކޮމިޓީގެ ލަފާ އިއްވަވަމުން ވިދާޅުވީ، އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑު ނުދެވޭނެ ކަމަށް ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މައުޟޫޢުތަށް