މަޖިލިސް ކޮމެޓީން ދިން ލަފަޔަށް ރައީސް ވަކި ކުރެއްވި ރިޔާޒަށް ވަޒީފާ ދޭން ލަފާ ދިނުމުން ވަޒީފާ ދެއްވައިފި
ސަން
8 ނޮވެމްބަރު 2025 | ހޮނިހިރު | 11:46
ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓާ ގުޅޭ މައްސަލައަކާ ގުޅިގެން ކަސްޓަމްސްއިން މިދިޔަ މަހުގެ 29ވަނަ ދުވަހު ވަކިކުރި އެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދީފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތަހުގީގުކޮށް، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ. އަދި، ވަޒީފާ އިއާދަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާފައިވާތީ، ރިޔާޒުގެ ވަޒީފާ ރައީސް އިއާދަކުރައްވާފައިވާ ކަމަށެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސަށް އެ ލަފާ އެރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަން ހާމަކުރީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.