ފަރެސްމާތޮޑާ ބޯޓުން ގެއްލުނު މުދަލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 5 މިލިއަން ރުފިޔާއަށް އަރާ: ކައުންސިލު

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 12:27

އަޑިއަށް ދިޔަ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ފަހިރޯޅި ބޯޓުގައި ހުރި މުދަލުގެ އަގު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާއަށް އަރާ ކަމަށް ބެލެވޭ ކަމުގައި ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަޙްމަދު އިމްތިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން އިމްތިޔާޒު ވަނީ އިއްޔެ ކަނޑު އަޑިޔަށް ދިޔަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިން "ފަހިރޯޅި" ބޯޓު ފަރަށް އަރާފައިވަނީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށް ވިދާޅުވެފައެވެ.

މި ބޯޓުގެ ބޮޑު ބައެއް އަޑިއަށް ދިއުމާ ގުޅިގެން ބޯޓަށް ލިބުނު ގެއްލުން އެއްކޮށް އެސެސްނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މި ބޯޓުގެ ފަޅުވެރިންނާ ހަވާލާދެއްވައި، އިމްތިޔާޒު ވިދާޅުވީ މި ބޯޓު ދަތުރުކުރިއިރު އޭގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށެވެ.

މައުޟޫޢުތަށް