ރިޔާޒާއި ވަހީދު ވަކިކުރުމުގެ ފަހަތުގައި ތިބި މީހުންގެ ފަސްފަހަތް ހޯދައި އާންމުކުރަންޖެހޭ: މާނިއު
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 1:21
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުالله ވަހީދު ވަކިކުރުމުގެ ފަހަތުގައި ތިބި މީހުންނަކީ ކޮބައިކަން ދެނެގަނެ، އެ މީހުންގެ ފަސްފަހަތް ބަލައި، އެ މީހުންނާ ގުޅޭ ލިޔެކިއުންތައް އާންމުކުރަންޖެހޭ ކަމަށް، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ވަހީދާއި ރިޔާޒު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ވަގު ސިނގިރޭޓުތަކެއް ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިން ލަފަޔާ އެއްގޮތަށެވެ. ނަމަވެސް ރިޔާޒާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން، ކޮމިޓީން އިތުރަށް ދިރާސާކޮށް މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ރިޔާޒުގެ ވަޒީފާ އިއާދަކުރުމަށެވެ. އަދި ކޮމިޓީގެ ނިންމުމާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ ވަނީ އިއާދަކޮށްފައެވެ.
://./213646