ދަރިވަރުން ޝަކުވާ ހުށަހަޅާ އެޕް މުއްދަތަށް ނުނިމުނު, މި މަހު ނިންމަނީ

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 2:56

ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، އެކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި މިދިޔަ އޮކްޓޯބަރު މަހު ނިންމަން ބުނި ޚާއްސަ މޮބައިލް އެޕްލިކޭޝަން، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ނުނިމި އޮއްވައި އަލުން އާ މުއްދަތެއް ދީފިއެވެ.

މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ދަރިވަރުންގެ ޝަކުވާތައް އަޑުއެހުމަށް ޓަކައި ޒަމާނީ ހައްލެއް ހޯދުމުގެ ގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް ނިމޭނެ ކަމަށެވެ. އެ އެޕާ އެކީ ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް އެޑްރެސް ކުރެވޭނެކަން ހައިދަރު ވިދާޅުވިއެވެ.

ނަމަވެސް އޮކްޓޯބަރު މަސް ނިމުނުއިރު ވެސް އެ އެޕް ތައާރަފުކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް