ޚަރަދު ކުޑަކުރުން 'އިބިލީހުގެ ކައިވެންޏަށް' ވެއްޖެ، އެންމެ ފަހުން 2026ގެ ބަޖެޓުގައި ވެސް ނެތް: ނިޔާޒީ
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 5:25
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ރެކޯޑު ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ތަފްސީލުތައް ހިމަނާފައި ނެތް ކަމަށާއި، ޚަރަދު ކުޑަކުރުން "އިބިލީހުގެ ކައިވެންޏަށް"ވެ ނިމިއްޖެ ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަނުކުރާތީ ދަރަނި އިތުރުވަމުން އަންނަ ކަމަށާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުންނަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގައި ވެސް ބަޖެޓުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރާނެ ގޮތުގެ ތަފްސީލު ހިމަނައި، ފިޔަވަޅުތައް އަޅާފައި ނެތް ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލު އެންމެ ކުޑަމިނުން ހިމަނާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.