ދަރިފުޅަށް ރޭޕްގެ ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލުމުގެ ތުހުމަތު ފަރުހާދަށް

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 6:36

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ދަރިފުޅަށް ރޭޕްގެ ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށްފައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ ވިސުލްބްލޯވަރުންގެ ގޮތުގައި ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ ފަރުހާދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙްމަދު ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

އެ ސިޓީގައި ޑީސީިޕީ ފަރުހާދުގެ މައްޗަށް ކޮށްފައިވާ އެއް ތުހުމަތަކީ، އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ނައްތާލި ކަމުގެ ތުހުމަތެވެ.

މައުޟޫޢުތަށް