ކޮލެޖު ހިންގާތާ 15 އަހަރު ވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ބިލު ތަސްދީގުކުރައްވައިފި

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 6:57

ކޮލެޖު ހިންގާތާ 15 އަހަރުވެފައިވާނަމަ، އެ ކޮލަޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހެއް ގެންނަ ބިލު މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި އެ އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މަޖިލީހުން އެ އިސްލާހު ގެންނަ ބިލު ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް