ފާއިޒް ދޫކޮށްލި، ޑުރަގުގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 7:36
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ، މިހާރު ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝީދު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން، އަލީ އަންވަރު މުހައްމަދަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ.