ޝިފާންގެ މައްސަލަ ނުބަލަނީ ނާޒިމާ އޮންނަ ގުޅުމުގެ ސަބަބުން، ސީޕީއަށް މަގާމުގައި ހުރުމަށް ދަތިވެދާނެތީ: ރިޕޯޓް

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 7:54

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ނުބަލަން ނިންމީ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ޝިފާނާ އޮންނަ ގުޅުމުގެ ސަބަބުން، މައްސަލަ ބަލައިފިނަމަ އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަގާމުގައި ހުރުމަށް ދަތިވެދާނެތީ ކަމަށް ތުހުމަތުކޮށްފިއެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ, ވިސުލްބްލޯވަރުންގެ ގޮތުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޝިފާނަށް އެތައް ތުހުމަތުތަކެއްކޮށް މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.

މައުޟޫޢުތަށް