އުތުރުގެ ތަރައްގީއާ ގުޅިފައިވާ، ބޮޑެތި ފްލައިޓް ޖެއްސޭ ހަނިމާދޫ ޒަމާނީ އެއާޕޯޓު ހުޅުވައިފި
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 10:27
އުތުރުގެ ތަރައްގީއާ ގުޅިފައިވާ، ބޮޑެތި ފްލައިޓު ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވައިފިއެވެ.
ޚާއްސަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.
މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، 320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ. އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.