ހަނިމާދޫ އެއާޕޯޓަކީ ވިއްކާ ފައްޓަރުބައެއް ނޫން، މި ޖަވާހިރުން ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް: ޝަރީފް

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 11:17

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ވިއްކަން ހެދި 'ފައްޓަރު ބައެއް' ނޫން ކަމަށާއި "އެ ޖަވާހިރުން" ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މި އެއާޕޯޓުން ބޮޑުތިލަންދުންމަތީގައި އެތައް ވަޒީފާތަކެއް އުފެދި، މުޅި ރާއްޖެއަށް އިގުތިޞާދީ މަންފާތަކެއް ލިބޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށް ވިދާޅުވެ، ޝަރީފް ވަނީ، އެއީ އުތުރުން ދިއްލާލެވުނު އިގުތިޞާދީ ދަންމަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މައުޟޫޢުތަށް