ޝިފާންގެ މައްސަލަ އައުމާއެކު އެކަން ބަލަން އެންގިން، ނުފޫޒެއް ނުފޯރުވަން: ޝުޖާއު
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 10:07
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ލިބުމާއެކު، އެ މައްސަލަ ބަލަން އެންގެވި ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެހެން ވިދާޅުވީ، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރަކު, ވިސުލްބްލޯވަރުންގެ ގޮތުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައިވާ ސިޓީއެއްގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ ސިޓީގައި، ޝިފާނަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، މިދިޔަ މާރިޗު މަހު، ގަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާ ގުޅިގެން އެކަމާ އެއްވެސް ގުޅުމެއްނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރެއް ފްރޭމް ކުރަން އުޅުމުގެ ތުހުމަތު ހިމެނެއެވެ.