ހަނިމާދޫ އެއާޕޯޓް ހުޅުވުން: ރައީސް ގޮވައިލެއްވީ ދިވެހީންނާއި ބޭރު މީހުން ވެސް އިންވެސްޓުކުރުމަށް

ސަން

9 ނޮވެމްބަރު 2025 | އާދިއްތަ | 10:58

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބޮޑުތިލަދުންމަތީގައި އިންވެސްޓު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

އެ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަނިކުފާނު ވިދާޅުވީ، މި ދޮރާއްޓަކީ ހަލުވި މިނުގައި ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު އެންމެ ފުޅާމިނުގައި ރާއްޖޭގެ ވިޔަފާރިވެރިން ބޭނުންކޮށް، އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މައުޟޫޢުތަށް