ކަނޑުފޯރި މަސް ބޭނުމުގެ މުބާރާތުގެ ޗެމްޕިއަންކަން އައިލެންޑް ފިޝިންއަށް
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 9:25
ސޮނީ ފިޝިންއިން އިންތިޒާމުކޮށްގެން ބޭއްވި ކަނޑުފޯރި މަސް ބޭނުމުގެ މުބާރާތުގެ ޗެމްޕިއަންކަން "އައިލެންޑް ފިޝިން"އިން ހޯދައިފިއެވެ.
ސާދަ ޓީމަކުން ބައިވެރިވި މި މުބާރާތުގެ ވަނަތައް ހަވާލުކޮށްދެއްވީ، އެމްއެންޔޫގެ ފިޝަރީޒް ކޮލެޖުގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އައިލެންޑް ފިޝިންއިން ހޯދައިފައިވާއިރު، ދެވަނަ ހާސިލުކުރީ ޓީމް ނޯރާއެވެ. އަދި، ތިންވަނަ ހޯދީ، ޝިޔާޒް ސްޕޯޓްސް ފިޝިންއެވެ.