ހަނިމާދޫ އެއާޕޯޓު ވާނީ ތަރައްގީގެ ނާރެހަކަށް، އުތުރަށް ގިނަ ކުރިއެރުންތައް ލިބޭނެ: ސައީދު

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 12:01

ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިރޭ ހުޅުވި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވާނީ އުތުރުގެ ތަރައްގީގެ ނާރެހަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.

އެ ރަސްމިއްޔާތަށް ފަހު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް، ހުޅުވައިފައިވަނީ ވަރަށް އަގުބޮޑު ޓާމިނަލްއަކާއެކު ކަމަށެވެ.

މައުޟޫޢުތަށް