ރައީސް ހުޅުވައިދެއްވީ އެމަނިކުފާނު މަލާމާތް ރައްދުކުރައްވައި، ސިޔާސީ ކުރެއްވި ހަނިމާދޫ އެއާޕޯޓު: ޝާހިދު

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 9:46

ރައީސް ހުޅުވައިދެއްވީ އެމަނިކުފާނު މަލާމާތް ރައްދުކުރައްވައި، ސިޔާސީ ކުރެއްވި ހަނިމާދޫ އެއާޕޯޓު ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން އެމް.ޑީ.ޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެއާޕޯޓު ހުޅުވުމާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދުގެ ޕޯސްޓުގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި، އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މައުޟޫޢުތަށް