ހުޅުމާލެ ހޮސްޕިޓަލަށް ލިބެންޖެހޭ 10 މިލިއަން ރުފިޔާ ހޯދަން އުޅެފައިނުވޭ: އޮޑިޓް ރިޕޯޓު

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 9:55

ހުޅުމާލެ ހޮސްޕިޓަލަށް 2022ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ހޮސްޕިޓަލުން މަސައްކަތްކޮށްފައިނުވާކަން އޮޑިޓަރު ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

މިދިޔަ މަހުގެ 30ވަނަ ދުވަހު ރިޕޯޓުގައިވާ ގޮތުން، އާސަންދައިގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް 2020ވަނަ އަހަރު މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ދަށަށް ބަދަލުވި ނަމަވެސް، ބޭސްފިހާރަ ހިންގުމަށް 2017ވަނަ އަހަރުގެ ޖޫން މަހު ހެދި އެއްބަސްވުމާއި، ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ 20ވަނަ ދުވަހު ހެދި އެއްބަސްވުމާއި އެ ހޮސްޕިޓަލުގައި ކެންޓީނެއް ހިންގުމަށް އޭޕްރިލް 19، 2018ގައި ހެދި އެއްބަސްވުން ހުޅުމާލެ ހޮސްޕިޓަލުގެ މައްޗަށް ބަދަލުކޮށްފައި ނުވެއެވެ.

މީގެ އިތުރުން، ބޭސްފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިން ބައެއް ކުންފުންޏަކަށް ދިނީ އެއްވެސް އެއްބަސްވުމެއް އެކުލަވާނުލާ ކަމަށާއި، އެހެންވެ، އޮޑިޓްކުރި ތާރީޚުކަމަށްވާ ޑިސެމްބަރު 18، 2022ގެ ނިޔަލަށް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް، އެ ރިޕޯޓުގައިވެއެވެ.

މައުޟޫޢުތަށް