މާލޭ މޭޔަރުކަން: ޞާލިހާއެކު އާދަމް އާޒިމް އުޅުއްވާއިރު، ނަޝީދުގެ ތާއީދު، އަލީ އާޒިމަށް

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 2:14

މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާކަން މިއަދު ހާމަކުރައްވައިފިއެވެ.

އަލީ އާޒިމްގެ އިތުރުން މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފައެވެ. އާދަމް އާޒިމް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވަރަށް ގާތްކޮށެވެ.

އަނެއްކާ ވެސް އެމްޑީޕީގެ ޓިކެޓަށް ދެ ބޭފުޅުން ވާދަ ކުރައްވައި ވާދަވެރިކަން އިތުރުވާ ގޮތް މި ވަނީ ވެފައެވެ.

މައުޟޫޢުތަށް