"އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަސާސަކީ ދަރަނި ދެއްކުން މަގުފަހިކުރުން"
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 2:50
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ މައިގަނޑު އަސާސަކީ ދައުލަތުން ދައްކަން ހުރި ދަރަނިތައް ދެއްކުމަށް މަގުފަހިކުރުން ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީީގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން މެންބަރުންނާ މައުލޫމާތު ހިއްސާކުރައްވައި ޒަމީރު ވިދާޅުވީ، ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ ދަރަނި ދެއްކުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ހުއްޓުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަގުފަހިކުރުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިފަހަރުގެ ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ މި އަންނަ އަހަރު ދައްކަންޖެހޭ ބޭރުގެ ދަރަނި އަދާކުރުމަށް މަގުފަހިކުރުން، އެކަމަކު ބަޖެޓު ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އެ ދަރަނި ފިޔަވައި ދެން އަޅުގަނޑުމެން ބަޖެޓުގައި މިހާރު ރާއްޖޭގަ ލިބޭ އާމްދަނީއަށް ބަލައިގެން ޚަރަދުތައް ސްޓްރީމްލައިންކޮށްފަ ހުންނާނެ،"