އެެއާޕޯޓު ޑޮލަރު މައްސަލަ: އިތުރު 3 މީހުން ހައްޔަރުކޮށް، 4 މީހުން ފުރުން މަނާކޮށްފި
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 3:01
އެއާޕޯޓުން ވަގަށްނެގި ޑޮލަރު މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށް، ހަތަރު މީހުންނަށް ރަށުން ބޭރަށް ފުރުން މަނާކޮށްފިއެވެ.
ފުލުހުން ބުނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު ތިން މީހަކު ވަނީ ހައްޔަރުކުރި ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދަކީ ހަތެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި /ބިނާ ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި ތ.ވިލުފުށި/ އެހީވާގެ ، އަޙްމަދު މާޙިދު (44އ) އާއި ސ.ހިތަދޫ / ވަށަގުލިމާގެ ، ޢަލީ އަފްޒަލް (21އ) ކަމަށެވެ.