ތިން މިލިއަން ޑޮލަރު ދައްކަން އެފްއޭއެމްގެ މައްޗަށް ކުރި ހުކުމް ހުއްޓުވައިފި
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 3:42
ވިލިމާލޭގައި އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރި މީހުންނަށް ފައިސާ ނުދީގެން، ތިން މިލިއަން ޑޮލަރު މަސް ދުވަހުގެ ތެރޭގައި ދައްކަން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.
މިއީ، ޓީކުއިންގ ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް ކިޔާ ކުންފުޏަކަށް ފައިސާ ނުދީގެން އެ ކުންފުނިން ދައުވާ ކުރި މައްސަލައިގެ އިސްތިއުނާފެވެ. ކޮރެއާގެ މި ކުންފުނިން ކޯޓަށް ދިޔައީ ލުއި ގޮތްތަކެއް ހަދައިދިނުމުން ވެސް އެ ފައިސާ ނުދެއްކުމުންނެވެ.
މި މައްސަލައާ ގުޅިގެން ދަށު ކޯޓު މަރުހަލާގައި އެފްއޭއެމުން ދައުވާގެ ލިޔެކިޔުންތަކާ ހަވާލުވި ނަމަވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ.