ވޮންޑަލަސްޓްގެ އެންމެ މަގުބޫލު ޖަޒީރާގެ 'ބްރޯންޒް' އެވޯޑު ރާއްޖެއަށް

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 3:56

އިނގެރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާ ކަމަށްވާ ވޮންޑަލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ 'ވޮންޑަލަސްޓް ރީޑާސް ޓްރެވަލް އެވޯޑު'ގައި ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ އިނގިރޭސިވިލާތުގެ ލަންޑަން ނެޝަނަލް ގެލަރީގައި ބޭއްވި އެ ހަފްލާގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޢުރީއެވެ.

މިއަހަރު ރާއްޖެއިން ވަނީ ވޮންޑަލަސްޓްގެ ދެ އެވޯޑަކަށް ނޮމިނޭޓްވެފައެވެ. ދުނިޔޭގެ އެންމެ މަގުބޫލު ގައުމު އަދި ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލް ކެޓެގަރީއަށެވެ. މީގެ ތެރެއިން ރާއްޖެއަށް ކާމިޔާބު ކުރެވުނީ އެންމެ މަގުބޫލު ޖަޒީރާ މަންޒިލް ކެޓެގެރީގެ ބްރޯންޒް އެވޯޑެވެ.

މައުޟޫޢުތަށް