އަތޮޅުތެރޭގައި ވަސީލަތްތައް މަދުވުމުން ތަހުގީގު ލަސްވެ، ޑުރަގުގެ ފަރުވާ ވެސް ފުރިހަމައަށް ނުދެވޭ: ފުލުހުން

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 5:29

އަތޮޅުތެރޭގައި ވަސީލަތްތައް މަދުވުމުގެ ސަބަބުން ފުލުހުންގެ ތަހުގީގު ލަސްވެ، ރިމާންޑް ސެންޓަރުތަކުގައި ދޭންޖެހޭ ޑުރަގުގެ ފަރުވާ ވެސް ފުރިހަމައަށް ނުދެވޭ ކަމަށް ދެކުނުގެ ފުލުސް ކޮމާންޑަރުން މިއަދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގައި ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގުތައް ލަސްވާ ސަބަބާ ގުޅިގެން ސައުތު ރީޖަންގެ ކޮމާންޑަރު، އަހުމަދު ޝަމީމް ވިދާޅުވީ މައްސަލައެއް ހުށަހެޅޭ ހިސާބުން ވީހާވެސް އަވަހަކަށް އެ މައްސަލައިގެ ތަހުގީގު އަވަސްކުރަން އިސްކަންދޭ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި ވަސީލަތްތައް ގާއިމުކޮށްފައި ހުންނަ ގޮތުން، ބައެއް ކަންކަމަށް، އެހެން ހިސާބުތަކުން ވަސީލަތްތަކާއި އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ތަހުގީގަށް ބޭނުންވާ ބައެއް ކަހަލަ ރިޕޯޓުތަކާއި އެސެސްމަންޓުތައް ލިބުމުގައި ބައެއް ފަހަރު ލަސްތަކެއް ހުންނަ ކަމަށެވެ. ކޭސްތަކުގައި އެންމެ ގާތުން މަސައްކަތްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަތޮޅުތެރޭގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، ސްޓޭޓްމަންޓްތައް ނަގަން ޖެހޭޖެހުން ކަމަށެވެ.

މައުޟޫޢުތަށް