މެޖިސްޓްރޭޓުން ޑިގްރީ ހާސިލުކުރުން ލާޒިމްވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 5:13
މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ގާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރު ގާނޫނުގައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ދަށްވެގެން ހާސިލުކުރަން ޖެހެނީ ޑިޕްލޮމާއެކެވެ.
ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވީ، ކުދިކުދި ބަދަލުތައް ގެނެސް ފަނޑިޔާރުންގެ ގާނޫނު އިތުރަށް ތަފުސީލުކޮށްދީ، ފަނޑިޔާރުންނާ ގުޅޭގޮތުން އަމަލުކުރަންވީ އެކި ކަންކަމުގައި އަރާ އޮޅުންތައް ސާފުކުރުމުގެ ގޮތުންނެވެ.