ފަސް މިލިއަން ގަސް އިންދުން: ލ. ގަމާއި ހުޅުމާލޭގައި ނާސަރީތަކެއް އަޅަނީ
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 9:37
މި ސަރުކާރުން ކުރިއަށްގެންދާ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނާސަރީއެއް ތަރައްގީކުރާކަން އިއުލާންކޮށްފިއެވެ.
ގަމުގައި ދެ ނާސަރީ ތަރައްގީ ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ގަމުގައި ތަރައްގީކުރާ ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަސައްކަތެއް ކަމަށެވެ. އޭގެ ތެރޭގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.