ޓްރޭޑްމާކު ބިލް ފާސްކުރުމަކީ ތާރީޚީ ކާމިޔާބީއެއް، އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބޭނެ: ސައީދު
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 7:17
ރަައްޔިތުންގެ މަޖިލީހުން މިއަދު ޓްރޭޑްމާކް ބިލް ފާސްކުރުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށާއި، އެ ބިލް ތަންފީޒު ކުރުމުން އިންވެސްޓަރުންގެ ޝަައުގުވެރިކަން ރާއްޖެއަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުން މިއަދު ވަނީ، ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި، ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް 'ޓްރޭޑްމާކްގެ' ބިލު ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.