ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި ކޮރަޕްޝަން ހުއްޓުވުމަށް، މުއައްސަސާތަކަށް ސިޔާމް ގޮވާލައްވައިފި

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 6:51

ކޮރަޕްޝަން ހުއްޓުވައި، ދައުލަތުގެ މުދަލުން ވައްކަން ކުރުން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރާތާ މާދަމާއަށް 57 އަހަރު ފުރޭއިރު، އެ ދުވަސް ދިވެހީންނާ ބައްދަލުކުރަނީ މިހާތަނަށް ގައުމަށް ދިމާވެފައި އޮތް އިގުތިޞާދީ އެންމެ ދަތި ދުވަސްވަރުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް