ދިއްލީގައި އެއްޗެއް ގޮވުން: ދިވެއްސަކަށް އަނިޔާއެއް ނުވޭ

ސަން

10 ނޮވެމްބަރު 2025 | ހޯމަ | 9:23

އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވައި 10 މީހަކު މަރުވި ހާދިސާގައި، އެއްވެސް ދިވެއްސަކަށް އަނިޔާ ނުވާކަން އެނގިއްޖެއެވެ.

އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގައެވެ. އެ ހާދިސާގެ ރިޕޯޓް ދިއްލީ ފަޔާ ޑިޕާޓްމެންޓަށް ލިބުނީ އިރުއޮއްސި، 6:55ހާއިރު ކަމަށް އެ ނޫހުގައިވެއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވިއެވެ. އަދި އެ ސަރަހައްދުގައި ހުރި އުޅަނދުތަކެއްގައި ރޯވެފައިވެއެވެ.

މައުޟޫޢުތަށް