ފުވައްމުލައް ސިޓީން ފެނުގެ ޚިދުމަތް މެދުކެނޑި، ފެނަށް ޖެހިއްޖެ
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 11:46
ފުވައްމުލައް ސިޓީން ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި, ފެނަށް ޖެހިއްޖެއެވެ.
އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ މިއަދު ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ނޯޓިސްއެއްގައި ވަނީ، ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ މިއަދު މެންދުރު 13:00އަށް 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އޭގެފަހުން ފެނަކައިން ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށްޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.