ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި، އަނިޔާވި މީހަކު މަރުވެއްޖެ
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 11:55
ދެ ސައިކަލު ޖެހި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓު ހިނގީ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ.