ދިއްލީގައި އެއްޗެއް ގޮވުން: މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 12:14

އިންޑިއާގެ ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގައެވެ. އެ ހާދިސާގެ ރިޕޯޓް ދިއްލީ ފަޔާ ޑިޕާޓްމެންޓަށް ލިބުނީ އިރުއޮއްސި، 6:55ހާއިރު ކަމަށް އެ ނޫހުގައިވެއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވިއެވެ. އަދި އެ ސަރަހައްދުގައި ހުރި އުޅަނދުތަކެއްގައި ރޯވެފައިވެއެވެ.

މައުޟޫޢުތަށް