މިދިޔަ މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގެންފި

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 11:00

މިދިޔަ މަހު މީރާއިން ދެ ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ، މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ބަލައިގަތް ފައިސާގެ އަދަދަށްވުރެ 16.7 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ، 1.2 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ މަހު ބަލައިގަތް ފައިސާ އިތުރުވީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.

މައުޟޫޢުތަށް