ވަކި ކުލައަކަށް ނިސްބަތްވާތީ ވަޒީފާ ނުދިނުމަކީ ގަބޫލުކުރާނެ ކަމެއްނޫން: ސިޔާމް

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 10:01

އެންމެންނަށް ވެސް ހަމަހަމަކަމާއެކު ވަޒީފާއަދައިކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، ވަކި ކުލައަކަށް ނިސްބަތްވާތީކަމަށް ބުނެ، ވަޒީފާ ނުދިނުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫންކަމަށް އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައި ނެރުއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރީންނަކީ ރައްޔިތުންގެ އަމާނާތްތަކާ ހަވާލުވެ ތިބޭ ބައެއް ކަމަށެވެ. އެހެންވެ އެ އަމާނާތްތަކަށް ވަފާތެރިވެ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް ގޮވައިލައްވާ ކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ލިބިދޭ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމުގެ ޙައްގު ފުރިހަމައަށް ލިބިގެންވާ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ހެދުމަށް ވެސް އެ މަނިކުފާނު ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.

މައުޟޫޢުތަށް