ނިޝާން މުލީގެ އިއްޒަތް ދަމާސް ޞާލިޙަށް އަރުވައިފި

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 10:27

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް) އަށް މިއަދު އަރުވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޞާލިޙަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނިޝާން މުލީގެ އިއްޒަތް ޞާލިޙަށް އެރުވީ ރާއްޖޭގައި ވިޔަފާރީގެ ތަފާތު ޚިދުމަތްތައް ތައާރަފްކުރައްވައި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރައްވާފައިވާތީ އާއި ފަތުުވެރިކަން ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކުރުމަށާއި އެކި ރޮނގުރޮނގުން ހިލޭ ސާބަހަށް އަގުހުރި ޚިދުމަތް ކޮށްދެއްވާތީ އެ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މައުޟޫޢުތަށް