މާލޭގެ އިތުރު މިސްކިތަކަށް ގެއްލުން ދީގެން މީހަކު ހައްޔަރުކޮށްފި
ސަން
11 ނޮވެމްބަރު 2025 | އަންގާރަ | 10:42
ފުރްގާން މިސްކިތަށް ގެއްލުން ދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ, މާލޭގެ އިތުރު މިސްކިތަކަށް މިއަދު ގެއްލުންދިން މައްސަލައެެއް ފެންމަތިވެއްޖެއެވެ.
ފުލުުހުން ބުނީ މިއަދު މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ދިން ހަމަލާގައި މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.