ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އަންވަރަށް

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 10:51

ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، މޫސާ އަންވަރު (ތުއްތީދީ)އަށް މިއަދު އަރުވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އަންވަރަށް މި ޝަރަފު އެރުވީ، ސިއްހީ ދާއިރާގެ ކުރިއެރުމަށާއި މީހުން ތަރައްގީކުރެއްވުމަށާއި އާންމުން ހޭލުންތެރިކުރުވަން ކުރެއްވި މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އުމުރުން އެންމެ 16 އަހަރުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ އައްޑޫ ގަމުގެ ބޭސްގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުން މަސައްކަތް ފެއްޓެވި އަންވަރު ވަނީ ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

މައުޟޫޢުތަށް