ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް، މަތީ ދަރަޖައިގެ އިނާމު 33 ބޭފުޅަކަށް

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 12:08

ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 35 އަހަރާއި 39 އަހަރާ ދެމެދު ޚިދުމަތްކުރެއްވި 97 ބޭފުޅަކަށް ގައުމީ އިނާމު މިއަދު އަރުވައިފިއެވެ.

މިއަދު އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް އެ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ގައުމީ އިނާމު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި އަރުވާފައިވަނީ ޝަރަފުގެ އައްޑަނައަކާއި ބެޖަކާއި ހަނދާނީ ލިއުމެކެވެ.

މައުޟޫޢުތަށް