ކޮރަޕްޝަން އެންމެ ގިނައީ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި: ރައީސް

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 2:37

އެންމެ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތައް އަދާކުރާ މީހުން ކޮރަޕްޝަންގައި ބައިވެރިވެ، އަމަލުތައް ހިންގަމުންދާ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަން އޮތީ މޫ ލައިފައި ކަމަށެވެ.

"ހިންގުމުގެ ނިޒާމު ދެފުށް ފެންނަ ގޮތަށް ހެދުން، ޖަވާބުދާރީވެވޭ ވަރު އިތުރުކުރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ނައްތާލުން އެއީ ސަރުކާރު ހަރުދަނާކުރަން ނިޒާމު ހަރުދަނާކުރަން އަދުލުވެރިކުރަންޏާ ކުރަންޖެހޭ އެއް ކަމަކީ،" ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް