އެކްސްކާޝަނަށް ދިޔަ ދެ ދޯންޏެއް ޖެހި، އެއް ދޯނި އަޑިއަށް
ސަން
11 ނޮވެމްބަރު 2025 | އަންގާރަ | 3:54
އދ. ބޮޑުފިނޮޅުގައި އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާ ދިމާލުން ބޭރުގައި، ފަތުރުވެރިންތަކެއް ގޮވައިގެން އެކްސްކާޝަނަށް ދިޔަ ދެ ދޯންޏެއް ޖެހިއްޖެއެވެ.
ފުލުހުން ބުނީ އދ. ފެންފުށީގެ ހުޅަނގު އުތުރަށް ވާ ގޮތަށް އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓު ކައިރިން އެކްސިޑެންޓެއް ހިނގީ އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯންޏެއް ޖެހިގެން ކަމަށެވެ.
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށް، ފުލުހުން ބުންޏެވެ.