ސަރުކާރުން ފަހުން ދައްކާ ގޮތަށް 3 ބިލިއަން ރުފިޔާ ހޯދަނީ، 2.3 ބިލިއަނުގެ ބޮންޑު ވިއްކަން ޖަހައިފި
ސަން
11 ނޮވެމްބަރު 2025 | އަންގާރަ | 3:43
ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި އިންޓްރެސްޓާއެކު ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށް، ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށް، 2.37 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެ ހުރިހާ ޓީބިލަކަށް ވެސް އަންނަ ހޯމަ ދުވަހު ފައިސާ ދައްކަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ބިލުތަކުގެ އަދަދާއި އިންޓްރެސްޓް ރޭޓަކީ: