މަސްތުގެ ހާލަތުގައިހުރެ، މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ބަލަނީ

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 3:31

މަސްތުގެ ހާލަތުގައިހުރެ، މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުމުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މުއައްސަސާއަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 28 ގައި ކަމަށެވެ. މިއީ މާލެ ސަރަަހައްދުން ރިޕޯޓުކުރި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އަނިޔާ ވީ ކުޑަކުއްޖަކަށެވެ.

ފުލުހުން ބުނީ ކުއްޖާގެ މަންމަގެ ފަރާތުން އެ ކުއްޖާއަށް ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ތުހުމަތުކޮށްފައިވާ ކަމަށެވެ. އަދި އެ މަންމަ ކުއްޖާއަށް ޖިންސީ އަނިޔާދީފައިވަނީ ބަނގުރާ ބޮއެގެން ހުރެ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް