ހައްޖު ދަތުރު ފަސޭހަކޮށްދޭ ''މައްކާ ރޫޓު'' ރާއްޖެއަށް ދާއިމީކޮށް ހަމަޖައްސަން ނިންމައިފި

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 4:40

ހައްޖުވުމަށް ކުރާ ދަތުރު ލުއިކޮށްދޭ އިންތިޒާމެއް ކަމަށްވާ މައްކާ ރޫޓު އިނިޝިއޭޓިވް ރާއްޖެއަށް ދާއިމީކުރުމަށް ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވާ ރަސްމީ ދަތުރުގައި މިއަދު މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ، މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަން ނިންމަވާފައިވާކަން ހާމަކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް