ހަސަން ޢިއްޒުއްދީން މިސްކިތަށް ގެއްލުން ދިނުމުން ހައްޔަރުކުރި މީހާ އާއިލާއާ ހަވާލުކޮށްފި
ސަން
11 ނޮވެމްބަރު 2025 | އަންގާރަ | 5:20
މަަސްޖިދު އަލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާ, މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު މި މައްސަލައިގެ ތަހުގީގުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 24 އަހަރުގެ ފިރިހެންމީހާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.