ވެލިދޫގައި 8 މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ، ދިރިނޫޅެވޭ ވަރަށް ގެއްލުންވެއްޖެ

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 7:28

ނ. ވެލިދޫގެ ގެއެއްގައި އަލިފާން ރޯވެ، އެ ތަނުގައި ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން 'ސަން'އަށް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގީ، މިއަދު މެންދުރު 13:00އާއި 13:30އާ ދޭތެރޭގެ ވަގުތެއްގައެވެ.

ކުޑަކުއްޖަކު ހިމެނޭހެން ޖުމުލަ އަށް މީހުން ދިރިއުޅޭ އެ ގޭގައި ރޯވިކަން އެނގުނީ ކުރިމަތީގައި ހުންނަ ގޭގައި ދިރިއުޅޭ މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަލިފާން ރޯވިއިރު، އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާކަން އާތިފް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް