ޖުމްހޫރީ ނިޒާމަކީ ގައުމަށް އެންމެ ބޭނުންތެރި ސިފަތައް ހުންނަ ވެރިޔަކު ހޮވަން ލިބޭ ފުރުސަތެއް: އާދަމް ނަސީރު

ސަން

11 ނޮވެމްބަރު 2025 | އަންގާރަ | 9:20

ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ، ގައުމަށް އެންމެ ބޭނުންތެރި ސިފަތައް ހުންނަ ވެރިޔަކު އިޚުތިޔާރުކުރުމަށް ރައްޔިތުންނަށް ފުރުސަތު ލިބޭ ނިޒާމު ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަޅިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ރައްޔިތުންނަށް ލާބައާއި މަންފާ އެންމެ ބޮޑުވާނެގޮތަށް ވެރިކަން ހިންގުން ކަމަށެވެ.

އެގޮތުން ގައުމުގެ ވެރިޔަކަށް އެންމެ އެކަށީގެންވާ ވެރިޔަކީ އޭނާގެ ސިޔާސީ ނިންމުންތަކުން ދިގުރާސްތާގައި ނިކުންނާނެ އަޚުލާގީ ނަތީޖާތައް ޚިޔާލަށް ގެންނަ، އަދި އަޚުލާގީ ތޫނުފިލިކަން ލިބިފައިވާ މީހެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް