ކުރީގެ އޮޑިޓާ ޖެނެރަލްގެ ރައްދު: އެންމެ ކޮރަޕްޝަން ބޮޑީ މަތީފަންތީގެ ސިޔާސީ މީހުންގެ
ސަން
11 ނޮވެމްބަރު 2025 | އަންގާރަ | 9:50
އެންމެ ކޮރަޕްޝަން ބޮޑީ މަތީ ފަންތީގެ ސިޔާސީ މީހުންގެ ތެރޭގައި ކަމަށް ވިދާޅުވެ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރައްދު ދެއްވައިފިއެވެ.
ރައީސް މުއިއްޒު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ، ކޮރަޕްޝަން އެންމެ ގިނައީ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަން އޮތީ މޫ ލައިފައި ކަމަށެވެ.