ސަރުކާރުން ބުނި ވަގުތަށް ފުވައްމުލަކު ފެނުގެ މައްސަލަ ހައްލެއް ނުވި

ސަން

12 ނޮވެމްބަރު 2025 | ބުދަ | 10:02

އެގާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ވަގުތުތެރޭގައި މައްސަލަ ހައްލުނުވިކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކަށް ފެނަކައިން ދެމުން އައި ފެނުގެ ޚިދުމަތަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ބުރޫއަރައިފައެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ހަވީރު ވަނީ އެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލު ވާނެ ކަމަށް ވިދާޅުވިއެވެ.

"ސަން" އަށް މައުލޫމާތުދެއްވަމުން ފުވައްމުލަކުގެ އިރުދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވީ މިއަދުވެސް ސަޕްލައި ފެނުގެ ޚިދުމަތް ނުލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ކަމަށެވެ. ރަށުގެ ފެނުގެ ނެޓްވޯކު، އިއްޔެގެ ވަގުތެއްގައި ސާފުކުރި ނަމަވެސް އަދިވެސް އަލުން ފެނުގެ ޚިދުމަތް ލިބޭނެ އިރެއް އެކުންފުންޏަކަށް ބުނެނުދެވުނު ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް