ޖަޕާނު ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ސަން
12 ނޮވެމްބަރު 2025 | ބުދަ | 10:48
ޖަޕާނު ސަރުކާރުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 22ގައެވެ. މީގެ ކުރިން ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި އޮތީ ފާއިތުވީ ހޯމަ ދުވަހެވެ.
އެހެން ނަމަވެސް މިހާރު ޖޭޑީއެސް އިން ވަނީ މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.